ޑިމޯކުރަސީގެ ބަފާ، ނަމޫނާ ދަނޑުވެރިޔާ
-ވާއިލް-
ދަނޑުވެރިއެއްގެ ދަނޑުގައި، ހުތްފޮނި މޭވާއެއް އަންނަ ޑިމޯކުރަސީ ނަމަކަށް ކިޔުނު ވެލެއް ފެތުރެން ފެށިއެވެ. މި ވެލުގައި އަންނަ މޭވާއަކީ ދަނޑުވެރިޔާއަށް ނިކަން ނުބައި އެއްޗެކެވެ. މިހެންވެ ދަނޑުވެރިޔާ އެ ވެޔޮގަނޑު ނައްތާލަން ނިކަން ގިނަ ގުނަ މަސައްކަތްތައް ކުރަމުންދިޔައެވެ.
އެތައް ފަހަރަކު ވެޔޮގަނޑު ކޮށާ ނޮޅާލައެވެ. އަނެއްކާވެސް ކުރިލައި ހެދެން ފަށައެވެ.
މުލުން ލުހެ އުފުރާލައެވެ. މިބުނި ހިނދުން އަނެއްކާ ފޯދެން ފަށައެވެ.
އެންމެ ފަހުން ވެޔޮގަނޑު ނޮޅާލި ދުވަހު އެތަނުގައި އެބާވަތަށް ދާ އެހެން ވެލެއްގެ ކުރި ރުވާލާފައި މިއީ ޑިމޯކުރަސީ ވެލެކޭ ކިޔާ މީހުނަށް ދައްކަދައްކާފައި އުޅެން ފެށިއެވެ.
އެވަރުންވެސް ދަނޑުވެރިޔާއަށް ކާމިޔާބެއް ނުލިބުނެވެ.
ކުރިން ނޮޅާލި ވެޔޮ އަލުން ކުރިލައިގެން ފޯދި އޭނާ އިންދި ފޭކު ޑިމޯކުރަސީގަނޑު ބިމުން ލުހެލާ އުސްމިނަށް އަރުވާލައިފިއެވެ.
އެހިސާބަށް ދިޔައިރުގައި ކަންވެފައި އޮތް ގޮތަކީ ގެންގުޅުނުހާ އުދެއްޔެއްގައި ދަނބަރުޖަހައްޖެއެވެ. މަށަންދަތިތަކުގެ ދަތްބަރިތައް ހިނގައްޖެއެވެ.
އާ އުދެއްޔެއް އާމަށަން ދައްޗެއް ގަނެގެން ގެނަޔަސް އެއިން އެއްޗެއް ބޭނުންހާ ގޮތަކަށް ކިތޔަމަންކޮށްލެވޭވަރު ގެ ބާރު އަތުގައި ނެތިއްޖެއެވެ. އިލެކޮޓްރޯނިކް އެއްޗެއް ގަނެވޭނެހޭ!؟ އަތުން ފައިސާއާއި ލާރި ހުސްވެއްޖެއެވެ.
ހަދާނެ ގޮތް ހުސްވުމުން ދެން ބުނެފިއޭ! މަރުހަބާއޭ މި ދަނޑުގައި ފެތުރޭނެ ގޮތަކަށް ފެތުރޭށެވެ.
އާއެކެވެ. އެއީއަކީ އޭނާގެ އަމިއްލަ ދަނޑެއްވެސް ނޫނެވެ. އަސްލުގައި އެދަނޑަކީ އެހިސާބުގަނޑު އެންމެންގެ ދަނޑެވެ. އަދި މި ބުނާ ޑިމޯކުރަސީވެލުގައި އަންނަ މޭވާ އޭގެ ގިނަ މީހުންނަށް މީރުމެއެވެ. މީހުން އޭނާއާއި ދަނޑުހައްދަން ހަވާލުކޮށްފައިވާތާ ތިރީހަކަށް އަހަރުވެފައި ވާތީ އޭތެރެއިން ގިނަ މީހުންނަށް ވެސް އެއީ އެމީހުންގެ ދަނޑުކަން ހަނދާންނެތިފައި ވަނީއެވެ.
އަސްލުގައި އެތަނުގައި ޑިމޯކުރަސީ މިހެދުނީ މި ނޮޅާލާއިރަށް އެ ދަނޑުވެރިޔާއަށް އެނގިގެންނާއި ނޭނގި ވެސް ޑިމޯކުރަސީ އޮށްތައް އެ ދަނޑަށް އުކާ ދަނޑުގައި ޑިމޯކުރަސީ ހައްދާ ފޯއްދަންވެގެން ބަޔަކު ކުރަމުން ދިޔަ ޖިހާދެއްގެ ބޮޑުކަމުންނެވެ.
ނަމަވެސް ބޭރުފުށަށް ފެންނަނީ ދަނޑުވެރިޔާގެ އަމިއްލަ ދަނޑުގައި ދަނޑުވެރިޔާ އަމިއްލައަށް އެ ވެޔޮ ހެއްދީ ކަމުގައެވެ. އެހެންވެ ދުނިޔޭގެ ރަސްގެފާނުން ހޮވާ ނަމޫނާ ދަނޑުވެރިޔާއަށް ވެސް މި ފަހަރު ހޮވުނީ އޭނާއެވެ. އަދި އެކަމުގެ އުފަލުގައި އޭނާއަށް އެތަންގަނޑުގެ ޑިމޯކުރަސީގެ ބަފާ ގެ ލަޤަބު އެރުވުނެވެ.
· މިއީ ކުޅުދުއްފުށީ ޑޮޓްކޮމްގައި ވާއިލް ލިޔުއްވާފައިވާ މަޒުމޫނެކެވެ.
thi dhen kihaa hadi kameh, rooh
mihaaru liyaane ehcheh neyguneema meehunge ehchehi thi lanee
salhi mazumooneh, mi in engenee rooh abaduves ehen meehunge ufedduntakah ihtiraam kuraakan.
v hageegee mazmooneh………….mee hama kan hingaafa oi goi…
komme myhakuves kameh vaaairah siteh noony blogeh hadhaane, ekamaku ein evves ehcheh upeh nuvaane….meevs hama e listah ithuruvi blogeh dho?
roohay ah mihen vaane kamakh hiyeh nukuran…
meethi ufeddhi meehun vai v ba