ޝައިޚުލްއިސްލާމް އަކީ އިސްލާމީ ޝަރީޢަތުގެ ޢިލްމުގައި އެންމެ ފުންނާބު އުސް އަދި އެހެން ޢިލްމުވެރިންގެ ގާތުގައި ވެސް ޚާއްސަ ގަދަރެއް ދެވިފައިވާ ބޭބޭކަލުންނަށް ދެވޭ ލަޤަބެކެވެ. މި ލަޤަބުން ދޭހަކޮށްދެނީ ޢިލްމުވެރިޔާގެ މަސައްކަތްޕުޅުތަކުގެ ގިނަކަމާއި ޢިލްމީ ޚިދުމަތުގެ ބޮޑުކަމެވެ. ނަމަވެސް މިގޮތަށް މި ލަޤަބު ޢިލްމުވެރިންނަށް އެރުވެމުން ދިޔައީ އިސްލާމީ ފިޤުހުގެ ތާރީޚުން ވަކި ދުވަސްވަރެއްގައެވެ.
މި ގޮތުން އަލްޢައްލާމާ އިބްނު ތައިމިއްޔާއަށާއި އަލްޢައްލާމާ ޢިއްޒު ބިން ޢަބްދުއްސަލާމަށާއި އަލްޢައްލާމާ އިބްނު ޙަޖަރުލް ޢަސްޤަލާނީއަށާއި އަލްޢައްލާމާ ޒަކަރިއްޔަލްއަންޞާރީ އަށް ނިސްބަތްކޮށް މިއަދުވެސް މި ލަޤަބު ބޭނުންކުރެވެއެވެ.
v baraabaru faidhaakuranivi liyumeh
ހާދަ ރަނގަޅު ހާދަ މަޢުލޫމާތެއް ލިބިއްޖޭ މި ބްލޮގަށް މި ވީ ކުޑަ ދުވަސްކޮޅުގަ ވެސް. ރޫހުލް އަމީނަކީ ކޮން ބޭފުޅެއް ބާ؟