ޑިމޯކުރަސީގެ ބަފާ، ނަމޫނާ ދަނޑުވެރިޔާ
-ވާއިލް-
ދަނޑުވެރިއެއްގެ ދަނޑުގައި، ހުތްފޮނި މޭވާއެއް އަންނަ ޑިމޯކުރަސީ ނަމަކަށް ކިޔުނު ވެލެއް ފެތުރެން ފެށިއެވެ. މި ވެލުގައި އަންނަ މޭވާއަކީ ދަނޑުވެރިޔާއަށް ނިކަން ނުބައި އެއްޗެކެވެ. މިހެންވެ ދަނޑުވެރިޔާ އެ ވެޔޮގަނޑު ނައްތާލަން ނިކަން ގިނަ ގުނަ މަސައްކަތްތައް ކުރަމުންދިޔައެވެ.
އެތައް ފަހަރަކު ވެޔޮގަނޑު ކޮށާ ނޮޅާލައެވެ. އަނެއްކާވެސް ކުރިލައި ހެދެން ފަށައެވެ.
މުލުން ލުހެ އުފުރާލައެވެ. މިބުނި ހިނދުން އަނެއްކާ ފޯދެން ފަށައެވެ. Continue Reading »